Visitors  
 
 

 
19th Nov 2007
Dozens of men from Himandhoo remain in custody, following the September 29 attack that wounded 12 foreign tourists.
A propaganda video shot inside a radical Maldives mosque and posted on the Internet has raised fears that al Qaeda is gaining a foothold in the Indian Ocean tourist paradise.
The video was recorded at the Dhar-al-Khuir mosque on the remote Himandhoo island in the hours before it was raided on Oct. 6 as part of an investigation into a September bomb blast in the capital Male.

READ MORE FROM


A previously unknown group called “the Media Section of Ansar Al Mujahideen” posted a teaser video today on a well-known Internet forum associated with al-Qaeda that promotes an upcoming full-feature package called “Your Brothers in Maldives are Calling You!”
The teaser lasts 1 minute and 49 seconds and features clips recorded inside a Wahhabi mosque during the October 6, 2007, standoff between approximately 90 masked militants armed with swords and iron rods and 100 government soldiers on Himandhoo island. The tiny island, which belongs to Alif Alif atoll, lies 50 miles to the west of Male’, measures only 750m across and has a population of 583 residents. It is known as a hotbed of Wahhabi activity and, according to multiple intelligence sources, was a major transit point for South and Southeast Asian militants traveling by boat to fight in Somalia in the Fall and Winter of 2006.
READ MORE FROM

ބޮނދުނަޞީރަށް ދޭ ބަހުގެ އިންޒާރު!


"ލަދެއްނެތި އަތް ދިމާކުރުމީ ތިމާގެ އެދުންތަކާ މެދުގައި، ކަމެއްތޯ ހުތުރު ނުވެދާނޭ..."– ސަލާހުއްދީން
ލިޔުނީ: ކުޑަތަކުރުފާނު 19 ނޮވެންބަރު 2007

ދިވެހި މި މޫރިތި ޖައްވުގައި ނުކަތައިގެން، ދިވެހިންގެ ފުރާނައިގެ ކާނާ ކަމުގައިވާ އިސްލާމް ދީނާއި ހުރެ ނޫޅެވިގެން ތާއަބަދު ޝަކުވާކޮށް އުޅު ބޮނދު ނަޞީރަށް ވާ ސާބަހެވެ؟ ތިކުއްތާ މި ބިމަށް އުފަން ކުރުވި މަޔަކާއި، ބަފައެއްގެ ވެސް ހުރި ނުބައިކަމާއެވެ. އޭ ބޮނދާއެވެ. މުރުތައްދުވެފައިވާ މީހަކު ކަމުގައި ނޫނީ ކަލޭ ނުވެއެވެ. ކަލެއާއި ކަލޭގެ އެކުވެރި މާފުށީގެ ގޮޅާ ސައްޕޭއަކީ ކިހާ ތާހިރު ބައެއްކަން އޮޅުވާލަން ތިޔައުޅެނީ ކޮންބަޔަކަށް ހެއްޔެވެ؟ އަލްމަރުޙޫމް ޙުސައިން ޞަލާޙުއްދީން އަކީ ދިވެހިންގެ އަދަބުވެރި ފަންނުތަކުން ފަސްމީރު ކުރިރުކެކެވެ. އެމަނިކުފާނުގެ ޅެންބައިތަކުން ބައެއް ކަލެއަށް މީހަކު ދަސްކޮށްދިނީދޯއެވެ. ................... އިތުރަށް ވިދާޅުވޭ


ޖުމްހޫރީ ދުވަހުގެ ތަޙްނިޔާ އަރިސް ކުރަމެވެ.


11 ނޮވެމްބަރ 2007
ދިވެހިންގެ އުފާވެރި ޖުމްހޫރީ ދުވަހުގެ އެންމެހާ ހެޔޮ އެދުންތައް ރާއްޖޭގެ ލޮބުވެތި ރައީސްލް ޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް އަށާއި ރާއްޖޭގެ އެންމެހާ ލޮބުވެތި އަޚުންނާއި އުޚުތުންނަށް އަރިސްކުރަމެވެ.


މައުމޫންއަށް ގޮތް ކިޔައިދެން ޑރ. ޝަހީދު މެންނަކީ ކޮންބައެއް¿


09 ނޮމެވްބަރ 2007
މިއުޅޭ ދައިގަބޯ ޑރ. ޝަހީދުއަކީ މައުމޫންއަށް ގޮތްކިޔައިދެން އަޅެ ކާކު ހެއްޔެވެ¿ މައުމޫން ގެ ކެބިނެޓުން ޖާގައެއް ދިނުމުން ހަށިފޮޅާލާފައި އޭކް ދިންކާ ރާޖާ ހެދިގެން އުޅެގަތަސް އެއީ ހަޤީޤަތާއި ވަރަށް ދުރު ހުވަފެނަކުން ނޫނީ ޑރ. ޝަހީދު މެންގެ ވާހަކަތަކަށް ދިވެހިން ތަބަޢަ ވާނޭ ކަން ތައް ތަކެއް ނޫނެވެ. ވަޒީރުކަމަށް އާދެވުމުގެ ކުރިން އެއްވެސް ސިޔާސީ ޝަހުސިއްޔަތެއް ނެތް ޑރ. ޝަހީދުއާއި އަދި ޑރ. ހަސަން އަކީ ދިވެހިން އެއްވެސް އިރެއްގައި ދަންނަ ބައެއް ނޫނެވެ. އަދި ދަންނަށް ބޭނުންވެފައިތިބި ބައެއް ވެސް ނޫނެވެ
................... އިތުރަށް ވިދާޅުވޭ


މޫސުމަށް ބަދަލު އައުމަކީ ތިމާވެށްޓަށް އެކަނި ކުރިމަތިވާ މައްސަލައެއް ނޫން ކަމަށާއި އެއީ އިންސާނިއްޔަތަށްވެސް ދިމާވެފައިވާ ވަރަށްބޮޑު މައްސަލައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ.


08 ނޮވެމްބަރ 2007
މޫސުމަށް ބަދަލު އައުމަކީ ތިމާވެށްޓަށް އެކަނި ކުރިމަތިވާ މައްސަލައެއް ނޫން ކަމަށާއި އެއީ އިންސާނިއްޔަތަށްވެސް ދިމާވެފައިވާ ވަރަށްބޮޑު މައްސަލައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޕޯޗުގަލްގެ ލިޒްބަންގައި އިއްޔެ ފެށުނު ޔޫރަޕިއަން ޑިވެލޮޕްމަންޓް ޑޭޒް ކޮންފަރެންސް ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ތަޤްރީރު ކުރައްވަމުންނެވެ. މިކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ކުރެއްވި ތަޤްރީރު ބިނާކުރެއްވީ ޖައްވު ހޫނުވުމާއި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ މައްސަލަތަކުގެ މައްޗަށެވެ.



LISBON — The president of the Maldives called yesterday for urgent global action against climate change, saying rising sea levels threatened the survival of his country’s low-lying islands.
Maumoon Abdul Gayoom said 80 of his country’s 1200 islands had experienced tidal surges this year. “Never in our documented history have so many islands been affected to such an extent. These surges were a grim reminder of the devastating tsunami of 2004 and a clear warning of future disasters,” Gayoom said in Lisbon. He was speaking at a three-day conference, known as European Development Days, ahead of what is set to be Europe’s first summit with Africa in seven years, next month.

READ MORE FROM

ކެނެރީގޭ ބުއްޅަބެއަކީ އިސްލާމް ދީނުގެ ޢަދުއްވެއް


05 ނޮވެމްބަރ 2007
އަލްޖަޒީރާގެ އިންޓަރނޭޝަނަލް އެޑިޝން އީސްޓް 101 އިން އިންތިޒާމް ކޮށްގެން ރާއްޖޭގެ ތިން ސިޔާސީ ޕާޓީން ތިން އިސްބޭފުޅުންނާއި އެކު ބޭއްވި މި ޕްރޮގްރާމްގައި ވާހަކަދައްކަމުން ކެނެރީގޭ ބުއްޅޮބޭ ބުނީ ރާއްޖޭގައި ހައްދުފަހަނަޅައިދާ މީހުންނަށް އެފުރުޞަތު ލިބުނީ ރާއްޖޭގައި ކިޔަވައިދެމުން އައި އިގިރޭސި މީޑިއަމް ގެ އިތުރަށް ރައީސް މައުމޫން ޢަރަބި ތަޢުލީމް އުގުނޭނޭ ގޮތް މެދުވެރިކުރުމުން ކަމަށެވެ. ކެނެރީގޭ ބުއްޅޮބެ ޢިޝާރާތް މިކުރީ 80 ގެ ކުރީކޮޅު ރައީސް މައުމޫން އުފެއްދެވި މިހާރުގެ ނަމުންނަމަ ކުއްލިއްޔަތުއް ދިރާސާތުލް އިސްލާމިއްޔާއަށެވެ. ކުރިން މަޢުހަދެވެ. ................... އިތުރަށް ވިދާޅުވޭ


ސަރުކާރު މުއައްޒިފުންނަށް 2008 ގައި މުސާރަބޮޑުކުރުމަށާއި އަދި ރާއްޖޭގެ ހުރިހާ ކިޔަވާ ކުދިންނަށް ގްރޭޑް 1ން ފެށިގެން ގްރޭޑް 12 އަށް ކިޔަވައިދިނުމަށް ބޭނުންވާ ޓެކްސްޓް ފޮތްތަކާއި ފޮތް ފަންސުރުފަދަ ތަކެތި ސަރުކާރުން ހޯއްދަވައިދެއްވުމަށާއި އޯ ލެވެލް އާއި އޭ ލެވެލް އިމްތިޙާނުގައި ބައިވެރިވުމަށް ދައްކަންޖެހޭ ފީ ސަރުކާރުން ދައްކަވައިދެއްވުމަށް ރައީސް މައުމޫން ނިންމަވައިފި


04 ނޮވެމްބަރު 2007
2008 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާ ގުޅިގެން އެކަމަށް ބޭނުންވާ ފައިސާ 2008 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނުއްވުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް މިއަދު ލަފާއަރުއްވައިފިއެވެ.
މި ގޮތަށް ނިންމެވުނީ މިއަދު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ. ................... އިތުރަށް ވިދާޅުވޭ


ރައީސުލްޖުމްހޫރިއްޔާގެ މެންބަރުން


04 ނޮވެމްބަރ 2007
ކަޅަލަ ވެބްސައިޓުން ނަގާފައި......
ރައީސުލްޖުމްހޫރިއްޔާގެ މެންބަރުންގެ ގޮތުގައި ވަކިބަޔަކު އެމަނިކުފާނު ޢައްޔަނުކުރައްވާފައި އެވަނީ ހަމައެކަނި މަޖިލީހުގެ ގޮނޑިތައް ފުރާކަށްނޫނެވެ. އަދި ހަމައެހެންމެ ވޯޓަށް އެހުމުން އަތްހިތްލާލުމަކަށްވެސް ނޫނެވެ. އެއަށްވުރެ މާބޮޑު ޒިންމާތަކެއް އެމެންބަރުންނަށް ވަނީ ޙަވާލުކުރެވިފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މެންބަރުން ވާންޖެހޭނީ މަޖިލީހުގައި ހިނގާ ކޮންމެކަމެއްގައި ނުވަތަ ކޮންމެ ބަޙްޘެއްގައި ސަރުކާރުގެ ސިޔާސަތު ވަރަށް ކެރިތިބެ ހާމަކުރެވޭ ބަޔަކަށެވެ. ވަކިންޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާ އެކަމަކާއި ބެހޭގޮތުން ދެކެވަޑައިގަންނަވާގޮތެއް އެމާލަމުގައި ހާމަކުރުމަކީ ރައީސްގެ މެންބަރުންނަށް ލާޒިމުކަމެކެވެ. ނަމަވެސް، ހިތާމަހުއްޓެވެ ................... އިތުރަށް ވިދާޅުވޭ


ޑީއާރުޕީ އަކީ އިސްލާޙަށް މަސައްކަތްކުރާޕާޓީއެއް ކަމަށް ޑރ. ޝަހީދުއަށް ނުފެނުން އެއީ އޭނާގެ ލޮލަށް މިރުސް ފެން އެޅިފައިވާކަމުގެ ހެއްކެއް


04 ނޮވެމްބަރ 2007
ޑީއާރުޕީ އުފެދިގެން އައިއިރު އެޕާޓީ އުފެއްދުމުގެ މަސައްކަތުގައި ޢަމަލީ ގޮތުން އެންމެ ބޮޑެތި ރޯލު އަދާކުރަމުންއައި މިހާރު ޕީއޭ އުފައްދައިގެން އުޅޭ ކުރީގެ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޢަބްދުއްﷲ ޔާމީންއާއި އޭނާގެ ބައިވެރިން ޑީއާރުޕީން ދުރަށް ދިޔަކަމަށް ވަނީ އޭރުގެ ސަރުކާރުގެ އިސްތަރުޖަމާން ޝަހީދު އަދި ފަހުން ފޮރިންމިނިސްޓަރ ޑރ. އަޙްމަދު ޝަހީދުމެން އަމިއްލައަމިއްލައަށް ނިއުމޯލްޑިވްސް ނަމުގައި ޖަމާޢަތެއް ހެދުމުންނެވެ. ................... އިތުރަށް ވިދާޅުވޭ


ހިރިގާ ޒާހިރު މޭ ނުބައިވެން މިއުޅެނީ ކީއްވެ؟


03 ނޮވެމްބަރ 2007
ރައީސް މައުމޫންގެ ކެބިނެޓުން އިސްތިޢުފާދިނުމަށް ފަހު ބަނޑުކުނިވެ މޭނުބައިވެގެން އަދި ޢަމުދުން ކިޔާ ނުކިޔޭ ނޭގިގެން އުޅޭ ކުރީގެ ބަންޑާރަނައިބު ހަސަން ސަޢީދު އިގިރޭސިވިލާތުގެ ނޫހަކަށް ތިމަންނާ ރާއްޖޭގެ ރައީސްކަމާއި ކުރިމަތިލާނަމޭ ބުނުމުން މޭކަރައިގެން އުޅޭ ބަޔަކު ރާއްޖޭގައި ނޫޅެއެވެ. ހަވީރު ނޫހުގެ ކޮލަމްނިސްޓް އަދި ޒާހިރު ހުސައިންގެ ޕްރޮޕަގެންޑާ މެޝިންގައި އިސްކޮށް އުޅޭ ހިރިގާ ޒާހިރުގެ އަށް ހަސަން ސައީދުގެ ވެރިކަމުގައި ފަހަރުގައި ވަޒީރުކަމެއް ދޭނެކަމަށް ބުނީހެން ހާދަހީވެއެވެ. ................... އިތުރަށް ވިދާޅުވޭ


3 ނޮވެމްބަރުގެ ނުރައްކާތެރި ޢަމަލު ރާއްޖެއަށް ފާކުރުވި ބޮޑު ސިއްކައާއި އެ ޢަމަލު ހިންގި އެންމެހާ ޢައްދާރުންނަށް ލަޢުނަތް ހުއްޓެވެ


03 ނޮވެމްބަރ 2007
1988 ގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ވަރަށް ފަތިހުގެ ވަގުތެއްގައި ރާއްޖޭގެ ވެރިކަން ކުރާރަށް ފުރަމާލޭއަށް ހަތިޔާރާއި އެކު ބޭރުގެ ކުލީ ސިފައިން ގޮވައިގެން އައިސް ދިވެހިންގެ ކުށެއް ނެތް 19 މީހުން ޝަހީދުކޮށްލި ނުރައްކާތެރި ހާދިޘާއަށް މިއަށް 19 އަހަރުފުރުނީއެވެ. މި ނުރައްކާތެރި ޢަމަލު ހިންގި މީހުންގެ ބޭނުމަކަށް ވެފައިވީ ރާއްޖޭގެ ވެރިކަމެވެ. އަދި އަމިއްލައެދުމެވެ. މި ފަދަ ކޮންމެ ކަމަކީވެސް ޝައިޠާނާގެ ވަސްވާހާއި ހެއްލުންތެރިކަން އޭގެ އެންމެމައްޗަށް ފޯރާނޭ ނުރައްކާ އަދި ނޭއްގާނީ ޢަމަލުތަކެވެ. 88 ގެ ނޮވެމްބަރ 3 އެއީ ދިވެހި ތާރީޚުން ދުވަހަކުވެސް ފޮހެވޭނޭ ދުވަހެއް ނޫނެވެ. ................... އިތުރަށް ވިދާޅުވޭ


ރައީސް މައުމޫންގެ ތަރުޖަމާނަކަށް މުޙައްމަދު ޙުސައިން ޝަރީފް ހަމަޖެހިގެން ދިޔަކަމީ އޭނާގެ މަޤްބޫލްކަން އިތުރުވެގެން ދިޔަކަމެއްކަން ޔަޤީން


ކުޑަތަކުރުފާނު
02 ނޮވެމްބަރ 2007
ސްނާމީ ކާރިޘާގެ ދުވަހުގައި ޓެލެވިޒަން މޯލްޑިވްސް މެދުވެރިކޮށް ރާއްޖޭގެ ހާލަތު އޮޅުންފިލުއްވައިދެއްވުމަށް ސަރުކާރުން ޢައްޔަން ކުރި ކުއްލި ޓާސްފޯހާއި އެ ފޯހުގެ ޚަރަކާތްތަށް ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދެއްވުމުގައި އެދުވަހު ޓީވީން ޢާންމު ރައްޔިތުންނާއި ބައްދަލު ކުރި ދޫހަލުވި އަދި މަޢުލޫމާތުގެ ޚަޒާނާއެއްފަދަ ޒުވާނާ މަތިން ދުވަހަކުވެސް ދިވެހިން ހަނދާން ނުނެތޭނެއެވެ. އެއިރު އެއީ ރައީސް އޮފީހުގެ ސްޓރެޓެޖިކް ކޮމިޔނިކޭޝަން ޔުނިޓުގައި އޭރުގެ ދިވެހި ސަރުކާރުގެ އިސްތަރުޖަމާންގެ ދަށުން މަސައްކަތްކުރައްވަމުން ގެންދެވި މ. ކޮތަންމާގޭ އަލްފާޟިލް މުޙައްމަދު ހުސައިން ޝަރީފެވެ. ................... އިތުރަށް ވިދާޅުވޭ


އުސްތާޛު ނަޝީދުއަކީ ފަސްމީރު ކުރިރުކެއް


31 އޮކްޓޫބަރ 2007
މިނިސްޓްރީ އޮފް ލީގަލް ރިފޯމް، އިންފޮމޭޝަން އެންޑް އާޓްސްގެ ނަމަށް ކުރީގެ މިނިސްޓްރީ އޮފްއިންފޯރްމޭޝަން އެންޑް އާޓްސް
ބަދަލުކުރެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ ނިންމަވާ އެކަން ޢިއްލާން ކުރެއްވީ މިއަދުއެވެ. މިއީ އުފާވެރި ޚަބަރެކެވެ. އެއީ ރާއްޖޭގެ ޤާނޫނީ އޮނިގަނޑު ރިފޯމް ކުރެއްވުމަކީ އިސްލާޚީ ބަދަލުތަކުގެ ތެރޭގައި ހިމެނޭ ކަމަކަށް ވެފައި ޤާނޫނީ ގޮތުން ފަސޭހަޖައްވަކަށް ދިވެހި ސިޔާސީ ޖައްވުވުން އެއީ ދިވެހިންނަށް ފައިދާ ކުރާނޭކަމަކަށްވާތީއެވެ. މި ފަދަ މުހިންމު ވުޒާރާއެއް އުފައްދަވާ އެވުޒާރާ ހިންގެވުމަށް ޢައްޔަން ކުރެއްވި ވަޒީރަކީ ހަމަ ހަޤީޤަތުގައިވެސް ފަސްމީރު ކުރިރުކެކެވެ. އޮނަރަބަލް އަލްއުސްތާޛު މުޙައްމަދު ނަޝީދުއަކީ ކުޅަދާނަ ހުށަހެޅުންތެރިއެކެވެ. އިންތިހާއަށް ޤާބިލް ޤާނޫނީ ވަކީލެކެވެ. ޒަމާނީ މަޢުލޫމާތު ފެތުރުމާއި ބެހޭ ޢިލްމުގެ ދިރާސާ މާހިރެއްވެސް މެއެވެ. ................... އިތުރަށް ވިދާޅުވޭ


އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރަށް މަރުޚަބާ


31 އޮކްޓޫބަރ 2007
ދިވެހި ރައްޔިތުންގެ ޕާޓީގެ އަންހެނުންގެ ގޮފީގެ ރައީސާ އަދި މިނިސްޓަރީ އޮފް ހޯމް އެފެއަރޒް ގެ ޑިޕިއުޓީ މިނިސްޓަރ އަކަށް ހުންނެވި އަލްއުސްތާޛާ ޢާއިޝަތު އާޒިމާ ޝަކޫރަށް ރާއްޖޭގެ ބަންޑާރަނައިބުކަން ރައީސް މައުމޫން ދެއްވައިފިއެވެ. މިއީ ރައީސް މައުމޫން ދިވެހިރާއްޖޭގެ އެންމެ މަތީ މަޤާމާއި ހަވާލުވެލެއްވުމަށް ފަހު ރާއްޖޭގެ ދެ ޖިންސަށްވެސް ހަމަހަމަކަމުގެ ފުރުޞަތު ކޮންމެ ކަމެއްގައިވެސް ދެއްވުމަށް އެމަނިކުފާނު ކުރައްވާފައިވާ ބުރަމަސައްކަތްތަކުގެ ނަތީއްޖާ އެވެ. 1978 ގެ ކުރިން އަންހެނުންނަކީ މާބޮޑު ސަމާލުކަމެއް މި ޤައުމުގައި ދެވިފައިވާ ބައެއްނޫނެވެ. މޫނިމާގެ އަންހެންބޭފުޅަކު އިބްރާހީމް ނާޞިރުގެ ޒަމާނުގައި ކެބިނެޓު މިނިސްޓަރަކަށް އުޅުއްވިއެވެ. ................... އިތުރަށް ވިދާޅުވޭ


ސޭކު ހުސައިން ރަޝީދު އަޙްމަދުގެ ތާއީދެއް ނުވަތަ ތުނބުޅިބަގީޗާގެ ތާއީދެއް ރައީސް މައުމޫން ވެރިކަމަށް އައުމަށް ބޭނުމެއް ނުވެއެވެ.


30 އޮކްޓޫބަރ 2007
އައްޑުއަތޮޅަށް ރައީސް މައުމޫން ކުރެއްވި ދަތުރުފުޅެއްގައި ބޭއްވި ޖަލްސާއެއްގައި ޤުރުއާން ކިޔެވުމަށް ހުރި ޒުވާން ސޮރަކު ފެނިވަޑައިގެން އެ ސޮރަށް ކިޔަވުމުގެ ފުރުޞަތު ދެއްވާ ކުރިއަށް ނެރުއްވުމަށް އެމަނިކުފާނު ނިންމެވިއެވެ. މިގޮތުން އެދަތުރުފުޅަށް ފަހު މިދެންނެވު ޒުވާނާއަށް މާލޭން ވަޒީފާގެ ފުރުޞަތު ހޯއްދަވާ ދެއްވާ އަދި ފަހުން މި ކަލޭގެއަށް ޕާކިސްތާނުގެ މަދަރަސާއަކުން ދީނީ ތަޢުލީމު އުގެނޭނޭ މަގުވެސް ރައީސް މައުމޫން ފަހިކޮށްދެއްވިއެވެ. ................... އިތުރަށް ވިދާޅުވޭ


އަކުބަރު ސަޢީދު ޑީއާރުޕީން އިސްތިޢުފާ ދީފި


30އޮކްޓޫބަރ 2007
އަމަރު އަކުބަރު އެންތަނީ ނަމުން މިހާރު މަޝްހޫރުވެފައިވާ ކުރީގެ ތިން ވަޒީރުން ކަމުގައިވާ ހަސަން ސަޢީދު އާއި އަޙްމަދު ޝަހީދުއާއި މުޙައްމަދު ޖަމީލު އަކީ ވާނުވާނޭގިގެން އަމިއްލައަށް މަރަށް ތެޅޭ ތިން މަރުމޯލުންނެވެ. ބޮލަށް ފިތިފައި ތިބި ތިން ތާވަޅު ހެން ދެވޭ ނުދެވޭ އެއް ކިޔޭ ނުކިޔޭއެއް ނޭގިގެން މި ތިން މީހުން ތެޅޭތާ މިހާރު ދުވަސް ގަނޑެއް ވަނީ ފާއިތުވެފައެވެ.
މިތިން މީހުންނަކީ ވެސް ޑީއާރުޕީގެ މެންބަރުންނެވެ. އަދި ހަސަން ސަޢީދުއަކީ ޕާޓީގެ އެއް ނާއިބު ޒަޢީމެވެ. ޑީއާރުޕީގެ ކޮންގްރެސް ގެ ދުވަސް ވަރު ނިއުމޯލްޑިވްސް ނަމުގައި ޑީއާރުޕީގެ މެންބަރުންނަށް އަވާމެންދުރުދައްކައިގެން އަދި ރައީސް މައުމޫންއާއި މާ ގާތް ބަޔަކަށް ހެދިގެން އުޅުމުގެ ނަތީއްޖާއެއްގެ ގޮތުން އެޕާޓީގެ މެންބަރުންވަނީ މި ތަނުން އަކުބަރު ސަޢީދު އަށް އެ ޕާޓީގެ އެއް ނާއިބު ޒަޢީމް ކަން ދީފައެވެ. އެވެސް ފަހަތުން ހަތަރުވަނައެވެ.
................... އިތުރަށް ވިދާޅުވޭ


ލަދުހަޔާތުގެ ކަންފުޅެއް ހުރި އެކަކުވެސް ރައީސް މައުމޫން އަކަށް ފުރައްސާރަނުކުރާނެއެވެ


29 އޮކްޓޫބަރ 2007
ދިވެހިރާއްޖޭގެ ހާލަތު ވަރަށް ދަށްފެންވަރެއްގައި ވަނިކޮށް މި ޤައުމުގެ ޒަޢާމަތަށް 1978 ވަނަ އަހަރު ދިވެހިން އިންތިޚާބު ކުރި މއ. ކިނބިގަސްދޮށުގޭ މައުމޫން އަބްދުލްޤައްޔޫމް އަކީ ދިވެހިންގެ ވަރަށް ގިނަ ބަޔަކު އެމީހަކަށް އިތުބާރާއި ލޯބި ދީފައިވާ މީހެކެވެ. ކުނިފުންޏެއް ޖަވާހިރު ފުންޏަކަށް ހެދުމަށް ރައީސް މައުމޫން ވަނީ ފާއިތުވެ ދިޔަ 29 އަހަރު ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވާފައެވެ. ................... އިތުރަށް ވިދާޅުވޭ


އަކްބަރު ސައީދު ކުރިމަތިލުން ރަނގަޅުވާނީ އިގިރޭސިވިލާތަށް ރިޔާސީ ނިޒާމެއް ގެނެސްގެން އެޤައުމުގެ ރައީސް ކަމަށް


26 އޮކްޓޫބަރ 2007
ރާއްޖޭގެ ބަންޑާރަނައިބުކަމުގައި އުޅުނު ދޮންފޫޑު ސައީދު އަކީ އަހަރެން ހީކުރިވަރަށް ވުރެ ބޯގަމާރު މީހެއްކަން މިއޮތީ ދޭހަވެނިމިފައެވެ. ސަރުކާރުން މިކަލޭގެއަށް ލިބިފައިވާ ބާރުގެ ބޭނުންކޮށްގެން ތަފާތު އެކި އެކި ނާޖާއިޒުފައިދާ މީނާގެ ޢައުވާނުންނަށް ހޯދައިދޭން އުޅެފައި އަދި ޑީއާރުޕީގެ ނާއިބު ޒަޢީމް ކަން ޕާޓީގެ މެންބަރުންނަށް ދަޅަދައްކައިގެން ހޯދީ ރާއްޖޭގެ ވެރިކަމާއި ހުރެ މިކަލޭގެ ހިތުގައި އޮންނަ އުންމީދެއްގެ ބޮޑުކަމުންނެވެ. ދެ ދުވަހުން ވެރިކަން ލިބޭނޭ ކަމަށް ހިތަށް އެރުމަކީ އެންމެ ބޮޑެތި މަރުމޯލުންވެސް ނުކުރާނޭ ކަމެކެވެ. ................... އިތުރަށް ވިދާޅުވޭ


<< Previous 1 2 3 4 Next >>

 
Recent Headlines
 
 
 
 
 
 


  © Copyright Faskaaf.com 2006  All Rights Reserved 2006  |   mail : editor@faskaaf.com
  This site uses special characters and is best viewed with IE 6.0 and above
.