Visitors  
 
 

 
ޖަލުގައި ކުށްވެރިން ކުރަމުންދާ ބަނޑުހައިހޫނު ކަމުގެ ހަޅުތާލު ކުރިއަށް


ކުމާރު
ކެނެރީގޭ ރާގޮނޑިރާޖާ އަންނި ވެރިކަމާ ހަވާލުވީ ޖަލުގައި ތިބި ކުށްވެރިން ޖަލުން ދޫކޮށްލާނޭކަމުގެ ޔަޤީންކަން އެމީހުންނަށް ދިނުމަށްފަހުގައެވެ. ރިޔާސީ އިންތިޚާބުގެ ދެ ބުރުގައިވެސް އެމް.ޑީ.ޕީގެ ކެނޑިޑޭޓް ރާގޮނޑިރާޖާއަށް ޖަލުގެ ގޮޅިތަކުންވަނީ 99 އިން ސައްތަ ނަތީއްޖާއެއް ލިބިފައެވެ. ވެރިކަން ލިބުމުން ކުށްވެރިން މަތީން ހަދާން ނައްތާލުމަށްފަހު¡ ގޯތިވަގު ޝަފީޤު ލައްވާ ޖަލުގެ ހާލަތު ގޯހުން ގޯހަށް ދުއްވާލީ ޚުދު ރާގޮނޑިރާޖާއެވެ. ................... އިތުރަށް ވިދާޅުވޭ


ބާޢީ އަމީން ފައިސަލް މެދުވެރިކޮށް ރާއްޖޭގައި "ޕޮލިސް ސްޓޭޓް"ގެ މިލިޓަރީ ވެރިކަމެއްހިންގުމަށް ކެނެރީގޭ ނަޝީދު ވިސްނަނީ

ކުމާރު 03 ޖެނުއަރީ 2009
ރައްޔިތުންގެ ވެރިކަމެއްކަމަށްބުނެ¡ ޤައުމުގެ ރައީސްކަމާ މިދިޔަ ނޮވެމްބަރު މަހުގައި ހަވާލުވި ކެނެރީގޭ މުޙައްމަދު ނަޝީދަކީ ޓެރެރިޒަމާއި ނުހަނު ބޮޑަށް ގުޅުން ހުންނަ ބޭފުޅެކެވެ. ނަޝީދުގެ ކިޔެވުމުގެ ދުވަސްވަރުގައި އިނގިރޭސި ވިލާތުގެ ލިވަރޕޫލުގައި އުޅުނު ޒަމާނުގައި މުޒާހަރާއާއި¡ ހިއްޕީންގެ އުޞޫލު ނިކަން ގާތުން ވަނީ ދަސްކޮށްފައެވެ.
އިނގިރޭސި ވިލާތުގެ ލިވަޕޫލުގައި ޒަމާންތަކެއް ވަންދެން އުޅުމަށްފަހު އަންނި މާލެއަށް އާދެވުމާއެކު ފެށުނީ " އެނާކީ އިންދަ މޯލްޑިވްސް" ގެ ހަރަކާތަށް ނޫސްވެރިކަމުގެ ހިޔަލުގައި ފެށިތަނެވެ. ނަޝީދުގެ ބޮޑުޅިޔަނާއި¡ ބައްޕަ ކެރަފާ ޢަބްދުއްސައްތާރުމެންގެ ދުރުވިސްނުމުގެ ތެރެއިން ރާއްޖެއަށް ގެނެވިފައިވާ ބަޢާވާތްތަކާއި¡ ޤާނޫނީ ސަރުކާރުތައް ވައްޓާލުމަށް އެތެރެކުރި ހަތިޔާރާއި¡ މިފަދަ ކަންތައްތަކަކީ ނަޝީދުގެ ވިސްނުމާއި ފިކުރު އެކަމަކަށް ގޮސް ހުސްވެފައިވާ ކަންތައްތަކެވެ. ................... އިތުރަށް ވިދާޅުވޭ


ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަކީ އިސްލާމްދީނުގައި ހަރާމް ބުއިމެއްކަމުގައިވާ " ބަނގުރާ" ބޯ މީހެއްކަން ބޭރުގެ ނޫސްވެރިޔަކު ހާމަކޮށްދީފި


ކުޑަތަކުރުފާނު 28 ޑިސެމްބަރ 2008
އިންޑިއާގައި ނެރެވޭ އޮންލައިން ނޫހެއްކަމުގައިވާ ބިޒްނަސް ސްޓޭންޑަޑް ގެ 27 ޑިސެމްބަރ ޢަދަދުގައި އެނޫހުގެ ލިޔުންތެރިޔެއްކަމުގައިވާ އަދިތީ ޕާޑްނިސް ޔަޤީންކޮށްދޭ ގޮތުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމު އަލަށް ހަވާލުވި ޒުވާނާ އަކީ " މުސްލިމުންނަށް ހަރާމް ކުރެވިގެންވާ ބުއިމެއްކަމުގައިވާ ( ބަނގުރާ ) ބޯ މީހެކެވެ.
އިންޑިއާގެ މި ނޫސްވެރިޔާ ވަނީ މިދިޔަހަފްތާގައި އިންޑިއާއަށް ރަސްމީ ދަތުރެއްކުރި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދާއި ބައްދަލުކޮށްފައެވެ. މޯލްޑިވިއަން ސިންފަނީ ނަމުގައި މި ލިޔުންތެރިޔާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ސިފަކުރަމުން އޭނާގެ އާޓިކަލްގެ ހަތްވަނަ ޕެރެގްރާފް ފައްޓަމުން ބަޔާންކޮށްދެނީ: ތިރީގައި މިވާގޮތަށެވެ. ................... އިތުރަށް ވިދާޅުވޭ


ބާޢީން ވެރިކަމުގެ މަޤާމުތަކުން ދުރުކުރުމަށް ރޭ ޖުމްހޫރީ މައިދާނުގައި ކުރި މުޒާހަރާއިން އެމް.ޑީ.ޕީގެ ސަރުކާރުގެ ފެންވަރު ހާމަވެއްޖެ!

27 ޑިސެމްބަރ 2008
ރޭ 9 ޖަހަން އުޅެނިކޮށް އައިޑީޕީގެ ރައީސް ޢުމަރު ނަޞީރު އިސްވެ ހުރެ މާލޭ ޖުމްހޫރީ މައިދާނުގައި ކުރިއަށް ދިޔަ މުޒާހަރާ ހަޖަމް ނުކުރެވުނު އެމް.ޑީ.ޕީގެ ސަރުކާރުގެ ފެންވަރު ދިވެހި ރައްޔިތުންނަށް ސާފުވެއްޖެއެވެ. ގަންޖާބޯ ގެ ޢާންމު ބަހުރުވައިގައި މިއީ މުޒާހަރާކުރެވޭނޭ ސަރުކާރެކޭ¡ ރައްޔިތުންނަށް އަޑުއުފުއްލުމުގެ މިނިވަންކަން ލިބޭނެއޭ ބުނަމުން ދިޔަނަމަވެސް ރޭގައި ފެނުނު ޢަމަލުތަކަކީ ސަރުކާރަކީ އިންތިހާއަށް އަނިޔާވެރި ސަރުކާރެއްކަމުގައެވެ. ................... އިތުރަށް ވިދާޅުވޭ


" މައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ " އެމް.ޑީ.ޕީ


ކުމާރު
މިއީ އިއްތިފާޤެއްތޯވެސް ބައެއް ފަހަރު ސުވާލުއުފެދެއެވެ. މިހާރު ރާއްޖޭގައި ވެރިކަންކުރާ މައިޕާޓީ ކަމުގައިވާ އެމް.ޑީ.ޕީއަކީ މައްޔިތުންގެ ވަރަށް ގާތްޕާޓީއެކެވެ. ކޮންމެވެސް ގޮތަކުން މަރުވެފައިވާ މީހަކާއި އެމީހެއްގެ ފުރާނަނެތް މަސްގަނޑު ( ގަބުރު ) އެއީ އެމް.ޑީ.ޕީއަށް އަބަދުވެސް ވަރަށް މުހިންމު ދައުރެއް ކުޅެދޭ ތަކެއްޗަށް މިހާރު ވަމުން މިދަނީ އިއްތިފާޤަށް ވުރެ ބޮޑަށެވެ.
ނިކަންދެކިބަލާށެވެ. 2003 ގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު މާފުށީ ޖަލުގައި ހިނގާދިޔަ ހާދިސާއެއްގައި މަރުވި ހަސަން އީވާން ނަސީމުގެ ގަބުރު ވެގެންދިޔައީ އެމް.ޑީ.ޕީ އުފެދުމުގެ އަސްލުކަމަށެވެ. އެޕާޓީގެ އިސްފަރާތުން ވަނީ ޢާންމު މީޑިއާގައި އެތަކެއް ފަހަރު މިކަން ހާމަކޮށްފައެވެ. މިއީ ދެބަސްވެވެން ނެތް އިއްތިފާޤެކެވެ. ................... އިތުރަށް ވިދާޅުވޭ


ޚާއިނުންނާއި ބާޢީން ދިވެހިޤައުމުގެ އެންމެ އިސް ސަފުތަކަށް

ކުޑަތަކުރުފާނު 28 ނޮވެމްބަރ 2008
މިއީ ތޮށަލި ދުޅައަށް ދައުރުކުރާ ދުނިޔޭގެ ހަޤީޤަތްކަމުގައިވެއްޖިއްޔާ ދެން މިއަކާމެދު ބަޔަކު ބުނާނެ މާގިނަ އެއްޗެއްނެތެވެ. ނަމަވެސް ޤައުމެއްގެ އެންމެއިސް މަޤާމުތަކާއި އެޤައުމެއްގެ ހަޔާތާއި ގުޅުންތަކެއް ހުންނާން ޖެހޭނޭކަން ކޮންމެބަޔަކުވެސް ޤަބޫލު ކުރާނެއެވެ. ދިވެހި ޖުމްހޫރިއްޔާގެ ޝަރުޢީ ކޯޓަކަށް ޤައުމަށް ޢައްދާރުވެފައިވާ ޚާއިނެއްކަން ނުވަތަ ޤައުމަށް ބަޢާވާތެއްގެނެސް ޤައުމުގެ ރައްޔިތުންގެ ލޭ ބިމަށް އޮހުރުވާފައިވާ އެއްވެސް ބަޔަކަށް ޑިމޮކްރަސީގެ ހަމަތަކުގެ މަތީން ޤައުމުގެ މަތީ މަޤާމްތަކާއި ހަވާލުވެވޭނޭ އެއްވެސް މަގެއް އޮތްކަމަކަށް ނުދެކެމެވެ. ................... އިތުރަށް ވިދާޅުވޭ


ކުރީގެ ރައީސް އިބްރާހީމް ނާޞިރު އަވަހާރަވުމުގެ ހިތާމައިގައި " ފަސްކާފު" ބައިވެރިވަން


ކުޑަތަކުރުފާނު
ދިވެހި ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރިކިލެގެފާނު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާއި ގުޅިގެން އެކަމުގެ ހިތާމައިގައި " ފަސްކާފު" ވެސް ބައިވެރިވަމެވެ.
މި ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހުގެރޭ ސިންގަޕޯރގަޑިން 9:30 އެއްހާއިރު މައުންޓް އެލިޒަބެތް ހޮސްޕިޓަލުގެ އައިސީ ޔޫ ގައި ފަރުވާދެވެމުންދަނިކޮށް ދުނިޔެދޫކޮށްފައިވާ ހ. ވެލާނާގޭ އިބްރާހީމް ނާޞިރު ( ނ.ޢ.ޢ.ވ ) އަކީ ދިވެހިންގެ ސިޔާސީ މިނިވަންކަން ހޯއްދަވައިދެއްވުމުގައި އެންމެ އިސްދައުރެއް އަދާކޮށްދެއްވި އެއްބަޠަލެވެ. ވަޒީރުލް އަޢުޒަމް ކަމުގެ މަޤާމުގައި ހުންނަވައިގެން އިނގިރޭސީންގެ އިސްތިޢުމާރީ ވަކިތަކުން ދިވެހި ޤައުމު މިނިވަންކުރެއްވުމަށްޓަކައި އެކިލެގެފާނުވަނީ ވަރަށް ބުރަމަސައްކަތްޕުޅުތަކެއް ކުރައްވާފައެވެ. ނަތީއްޖާއެއްގެ ގޮތުން 26 ޖުލައި 1965 ގައި ދިވެހިންނަށް ފުރިހަމަ މިނިވަންކަންލިބިގެންދިޔައެވެ. ................... އިތުރަށް ވިދާޅުވޭ


ރައީސް އޮފީހުގެ ދާއިމީ ފާސް ލިބުނު ފަރާތްތަކަށް މަރުޙަބާ


ކުމާރު: 22 ނޮވެމްބަރ 2008 ( ހޮނިހިރު )
ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަޤާމު ބަދަލަކަށް ކަމަށް ހިތައި ދިވެހިންމިވަނީ އަލްފާޟިލް އައްސޫމިލް މުޙައްމަދު ނަޝީދާއި ހަވާލުކޮށްފައެވެ. މީނާއަކީ އެއްވެސް ޒަމާނެއްގައި ވެރިކަން ބޭނުންވެގެން އުޅުނު މީހެއް ނޫންކަމަށް އޭނާގެ މަންމައާއި ބައްޕަވެސް ހެކިދެއެވެ. ނަމަވެސް އައިނައިގޮތެއްނޭނގި ދިވެހިންގެ ވެރިކަން މިހާރު މިއޮތީ މީނާއަށް ލިބިފައެވެ. އިއްތިހާދީންގެ ބަޔަކާއ ވިޔަފާރިވެރީން އެއްގަލަކަށް އެރުމުގެ ސަބަބަކީ މީނާއަށް ވެރިކަން ފުރުޅާލަން ލިބުނު ފުރުޞަތެއްކަމުގައި ގިނަ ބަޔަކު މިހާރު ތަރުޖަމާކުރަމުންދެއެވެ. ................... އިތުރަށް ވިދާޅުވޭ


ކެނެރީގޭ އައްސޯމިލުގެ ރޭވުމަށް އޮނަރަބަލް ޤާސިމް އިބްރާހީމާއި ދިމާކުރާނޭ ބަޔަކު ފާކޮށްފި!


ޚަބަރު: ހުސައިންދީ / މާކަނާ ޝޯގެ ފަރާތުން
ރޭ 10:30 އެހާކަން ހާއިރު ބަޔަކު ފުލުސްއޮފީސް ދޮށަށް އެއްވެސް އޮނަރަބަލް ޤާސިމް އިބްރާހީމް ( އަންނި ރާއްޖޭގެ ހޯމްމިނިސްޓަރ ) ގެ އިސްތިޢުފާއަށް ބަޔަކު ގޮވަމުންދާކަމުގެ ޚަބަރު ލިބިގެން¡ އަޅުގަނޑު ވަގުތުން މިއުޅޭ މާކަނާޝޯގެ ޕްރެޒެންޓަރ ޙުސައިންދީއާއި ގުޅާލީމެވެ.
އެވަގުތު ހުސައިންދީ ހުންނެވީ އެސަރަޙައްދުގައި މާކަނާޝޯގެ ފަރާތުން އެ ހާދިސާކަވަރު ކުރުމަށް ގޮހެވެ. ހުސައިންދީ ޔަޤީންކޮށްދިންގޮތުގައި އޭނާއަކަށްވެސް އެވަގުތުގައި ވާނުވާ އޮޅުންފިލާގޮތް ނުވާކަމަށާއި¡ އެބަޔަކު ގޮވަމުންދަނީ ޤާސިމް އިބްރާހީމްގެ އިސްތިޢުފާއަށްކަމަށް ޔަޤީންވާ ކަމަށާއި¡ ނަމަވެސް އެކަން ވައިގައި ހިފާގޮތް ނުވާކަމަށެވެ. ................... އިތުރަށް ވިދާޅުވޭ


ނޫނޭވާ! ސާބަސް! އައް ސޯމިލް ނަޝީދުތަ¿ ނޫނީ އައް ސޫ މިލް ނަޝީދުތަ!


ކުމާރު 22 ނޮވެމްބަރު 2008
މިއުޅޭ އަންނި ރާއްޖޭގެ ރައީސް ކެނެރީގޭ ނަޝީދުއަށް އަށް ކަނދޮޅުދޫ ޖަނަރޭޓަރު ވަގު ޢަލީ ވަހީދު އެދެއްވީ ހާދަހާވާ ގަޔާވާ ޗާލޫ ނަމެކެވެ. މީގެ ކުރީން އަޅުގަނޑުމެންނަށް އަޑުއިވެމުންދަނީ ޤައުމުގެ އިސް މަޤާމުގައި ހުންނަ މީހާއަށް ރައީސުލްޖުމްހޫރިއްޔާ..... ދެން އެބޭފުޅެއްގެ ނަން ހިމެނިގެން މުޚާތަބްކުރެވެމުންދާ ތަނެވެ. . ................... އިތުރަށް ވިދާޅުވޭ


މިސްކިތު ހުޅު ޖެހިމީހާ " ކެނެރީގޭ އަންނި"


ކުޑަތަކުރުފާނު 21 ނޮވެމްބަރު 2008
މިއީ އަޖައިބެއްކަހަލަ ގޮލައެކެވެ. އެންމެން ދަންނަ ބޮޑު ސިއްރުވެސް އޮޅުވާލަން ރެއެއް ދުވާލެއް ނުބަލާނެއެވެ. ރައްޔިތުންނަށް އޮޅުވާލައިގެން ހާލަތާއި ވަގުތުގެ ގޮތުން ލިބުނު އެޖްވާންޓޭޖްގެ ބޭނުންކޮށްގެން މިހާރު އެހުރީ ޤައުމުގެ އެންމެ އިސް މަޤާމުގައެވެ. ފުރަތަމަ ތިމަންނާއަކީ ވެރިކަން ބޭނުންމީހެއްނޫނޭވެސް ބުންޏެވެ. ނަމަވެސް ލިބުމުން މިހާރު އެހުންނަވަނީ އަނގައިގައި އިން 32 ދަތް ވެސް ފޮރުވޭނެ ފަދައެއް ނެތިގެންނެވެ. ................... އިތުރަށް ވިދާޅުވޭ


ދިވެހި ޤައުމު އެންމެބޮޑަށް އެހީތެރިކަމަށް ބޭނުންވި ވަގުތަކީ މިއީ!


ދިވެހިންގެ މި ކުޑަކުޑަ ރާއްޖެއަށް ދިވެހިންގެ ފަރާތުން އެންމެބޮޑަށް އެހީތެރިކަމަށް ބޭނުންވާ ވަގުތުމިއޮތީ އައިސްޖެހިފައެވެ. ތާރީޚުގެތެރެއިން އެއްވެސް ޒަމާނެއްގައި ދިވެހިންގެ ދީނާއި¡ ދިވެހިންގެ ސަޤާފަތް ގެއްލިދިއުމުގެ ބިރު ދިވެހިންނަށް ފެނިފައިވަނީ 9 ވަނަ ހަސަން ރަސްގެފާނު އޭނާގެ ދީން ބަދަލުކޮށް ކޮއްޗޭގައި އުޅުމަށްފަހު¡ ޕޯޗްގީޒުންގެ ބައިގަނޑެއްގެ އެހީއާއިއެކު¡ ދިވެހި ޤައުމުގެ މުސްތަޤިއްލުކަމަށް އަރައިގަތް ހިސާބުންނެވެ. ދެވަނައަށް ހަސަން ތާޖުއްދީނުގެ ދެދަރިން ދިވެހި ވެރިކަމާހުރެ މަލާބާރީން މިޤައުމަށް ގެނައިޒަމާނެވެ. ބަޔާން ކުރެވުނު ދެފަހަރުގައިވެސް ދިވެހިންނަށް މިނިވަންކަން ގެއްލިގެންދިޔައެވެ. ................... އިތުރަށް ވިދާޅުވޭ


 
Recent Headlines
 
 
 
 
 
 


  © Copyright Faskaaf.com All Rights Reserved 2006 - 2008 | mail : editor@faskaaf.com
  This site uses special characters and is best viewed with IE 6.0 and above
.